DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި ސަލްމާން ގައިދީންތަކެއް މިނިވަން ކުރަނީ

ސަލްމާން ގައިދީންތަކެއް މިނިވަން ކުރަނީ

ސަލްމާން ހާނުގެ “ބީން ހިއުމަން” ފައުންޑޭޝަކީ އެކި ގޮތް ގޮތުން އެކިއެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ދީލަތި ފައުންޑޭޝަނެކެވެ.

އެގޮތުން އިންޑިއާގެ އުއްތަރުޕްރަދޭޝްގެ 63 ޖަލެއްގައި ތިބި 400 ގައިދީން މިނިވަން ކުރުމަށް ސަލްމާން މިހާރު ވަނީ ނިންމައިފަ އެވެ. އެ މީހުން މިނިވަން ކުރުމަށް ސަލްމާން 40 ލައްކަ ރުޕީސް ހަރަދު ކުރާނެ އެވެ. އަދި

އެ މީހުން ޖަލުން މިނިވަން ކުރުމާ ގުޅޭ ގޮތުން ނިންމަން ޖެހޭ ލިޔެ ކިޔުންތައް ނިންމުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރެވެމުންނެވެ.

 

ސަލްމާން މިނިވަން ކުރަން މަސައްކަތް ކުރާ މީހުންނަކީ އެ މީހުން ޖަލަށް ލި ހުކުމް ވެސް ތަންފީޒުވެ ނިމި، އެހެން ނަމަވެސް ފައިސާގެ ތާށިކަމާ ހުރެ ޖަލުން ބޭރު ނުވެވި ތިބި މީހުންނެވެ.

ސަލްމާނަކީ ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެކެވެ. އެގޮތުން 2002 ވަނަ އަހަރު މަސްތުވެގެން އިނދެ ކާރު ދުއްވައިގެންނާއި 2006 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކޮށްގެން ސަލްމާން ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފައިވެ އެވެ.