DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި ކެޓްރީނާގެ ސްޓަންޓްތައް "އެކް ތަ ޓައިގާ" ގައި

ކެޓްރީނާގެ ސްޓަންޓްތައް "އެކް ތަ ޓައިގާ" ގައި

ސަލްމާން ހާނާ އެކު ކެޓްރީނާ ކެއިފް މިހާރު ކުޅެމުން އަންނަ ކަބީރް ހާނުގެ “އެކް ތަ ޓައިގާ” ގައި ކެޓްރީނާ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ނަގަމުން އަންނަ ކަމަށް އެ ފިލްމުގެ ކްރޫ މެމްބަރަކު ބުނެފި އެވެ.

ކެޓްރީނާ ހަދަމުން އަންނަ ސްޓަންޓްތަކަކީ ހަގީގަތުގައި ވަރުގަދަ އެކްޓަރުން ހަދާ ކަހަލަ ސްޓަންޓްތަކެއް. އެކަމަކު އެ މަންޒަރުތަކާ ދޭތެރޭ ދެވަނަ ވިސްނުމަށް ވެސް ނުގޮސް ކެޓް

ރީނާ އަންނަނީ އޭނާގެ ހުނަރުވެރިކަން ދައްކަމުން،” ކްރޫ މެމްބަރު ބުންޏެވެ. “އަހަރެމެން އެންމެން މި ތިބީ އެކަމާ ވަރަށް ބޮޑަށް ހައިރާންވެފައި.”

 

މިއީ މިހާތަނަށް ފިލްމެއްގައި އެކްޝަން މަންޒަރުތަކެއް ކުޅެފައި ނުވާ ކެޓްރީނާ، ފިލްމެއްގައި ވަރުގަދަ އަދި ނުރައްކާތެރި އެކްޝަން މަންޒަރުތަކެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ކިއުބާގެ ހަވާނާގައި މިހާރު މަންޒަރުތައް ނަގަމުން އަންނައެކް ތަ ޓައިގާ” ގެ އެކްޝަން ޑިރެކްޓަރަކީ ހޮލީވުޑްގެ ބައެއް މަޝްހޫރު ފަންނާނުންނާ އެކު ވެސް މަސައްކަތްކޮށްފައިވާ ކޮންރެޑް ޕަލްމިސާނޯ އެވެ. އޭނާ ވަނީ “ޓްރާންސްފޯމާސް: ދަ ޑާކް އޮފް ދި މޫން” ގައި ޝީލާ ލެބޯފްސްގެ ސްޓަންޓްތަކާއި “ރަޝް އަވާ” ގައި ޗެކީގެ ޗަންގެ ސްޓަންޓްތަކުގެ އިތުރުން ނިކޮލަސް ކޭޖްގެ ކުރިއަށް ރިލީޒްވާން އޮތް “ސީކިން ޖަސްޓިސް” ގެ ސްޓަންޓްތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.

އެކްތަ ޓައިގާ” ގައި ސަލްމާނާ އެކު ނަގަމުންދާ އެކްޝަން މަންޒަރުތަކާ ބެހޭ ގޮތުން ކެޓްރީނާ ބުނީ އޭނާ އެ މަންޒަރުތައް ނެގުމުގައި ބައެއް ފަހަރު ބިރު ވެސް ގަންނަ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެކަން މާ ބޮޑަށް މަޖާވެ، އެކަމާ ގަޔާވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން އަހަރެން އެއްވެސް ފިލްމެއްގައި މިފަދަ މަންޒަރުތަކެއް ޕާފޯމްކޮށްފައެއް ނުވާނެ. މިއީ ވަރަށް ބޮޑު ޗެލެންޖެއް. އަދި ކެރިއާގައި މިފަދަ ފިލްމެއް ކުޅެން ލިބުމުން ވަރަށް ހިތްހަމަޖެހިފައި އަހަރެން މިހިރީ،” ޔާޝްރާޖް ފިލްމްސް އަށް ކަބީރް ހާން ޑައިރެކްޓްކޮށް ދޭ ތިން ވަނަ ފިލްމާ ބެހޭ ގޮތުން ކެޓްރީނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގެ ސްޓަންޓްތައް ހެދުމުގައި ކެޓްރީނާ ދައްކަމުން އަންނަ ހުނަރާއި ޖެހިލުން ކުޑަ ކަމަށްޓަކައި ކޮންރެޑް ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

އެކް ތަ ޓައިގާ” ގެ އިތުރުން ޔާޝްރާޖްސް އަށް ކެޓްރީނާ އާމިރް ހާނާ އެކު ކުޅޭ “ދޫމް 3 ގައި ވެސް ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތަކެއް ކެޓްރީނާ ކުޅެން ޖެހެ އެވެ.

ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން “ކްރިޝް 2 ގައި ކަންގަނާ އަދި “އެޖެންޓް ވިނޯދް” ގައި ކަރީނާ ވެސް ވަނީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުޅެފަ އެވެ. މީގެ ކުރިން ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީޑޮން” އާއި “ޑޮން 2: ދަ ކިންގް އިޒް ބެކް” ގައި ވެސް އެކްޝަން މަންޒަރުތަކެއް ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ.