DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި ސައިފް އާއި ކަރީނާގެ އެންގޭޖްމަންޓް މި މަހު

ސައިފް އާއި ކަރީނާގެ އެންގޭޖްމަންޓް މި މަހު

އަންނަ އެޕްރީލް މަހު ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދުވަހަކީ ކަރީނާ އާއި އިމްރާހާން ކުޅެފައިވާ “އެކް މޭ އޯރް އެކް ތޫ” ވެސް ރިލީޒް ކުރަން ހަމަޖެހިފައި އޮތް ދުވަހެވެ.


 

ބޮލީވުޑްގައި ސައިފީނާގެ ނަމުން މަޝްހޫރުވެފައިވާ ދެ ފަންނާނުންގެ ކައިވެންޏަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، ބޭއްވޭ އެންމެ ބޮޑު އެއް ކަމަކަށް ވާނީ ދެ މީހުންގެ އެންގޭޖްމަންޓް ހަފުލާ ކުލަ ގަދަކޮށް ބޭއްވުމެވެ. ދާދި ފަހުން ސައިފް ވަނީ ކައިވެންޏަށްޓަކައި ކަރީނާ އަށް 40 ލައްކަ ރުޕީސްގެ ޖަވާހިރުގެ ހާރެއް ވެސް ގަނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދެ މީހުންގެ އެންގޭޖްމަންޓް ރަސްމިއްޔާތު ބާއްވާނެތަކާ ދޭތެރޭ މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން މުމްބާއީގައި ނުވަތަ ދިއްލީގައި ހުންނަ ސައިފްގެ ގޭގައި ހަފުލާ ބޭއްވުމާ ދޭތެރޭ ވެސް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި ހަފުލާގައި ދެ މީހުންގެ އާއިލާގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވާނެ އެވެ.

އެ ހަފުލާގައި ކަރީނާ އަޅާނީ މަޝްހޫރު ފެޝަން ޑިޒައިނަރު ވިކްރަމް ޕަދްނިސް ފަރުމާކޮށްފައިވާ ހެދުމެއް ކަމަށްވެ އެވެ.

އެންގޭޖްމަންޓް ހަފުލާ ބާއްވަން ވަގުތު ކުޑަ ތަން ވަމުން އަންނަ އިރު، ކަރީނާ މިވަގުތު ހުރީ ދައްތަ ކަރިޝްމާ އާއި އާއިލާގެ ބައެއް މެމްބަރުންނާ އެކު ލަންޑަނުގެ އެވެ.

ސައިފް އާއި ކަރީނާގެ ކައިވެނި އެޕްރީލްގައި ބާއްވަން ނިންމި ނަމަވެސް، އަދި ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ކައިވެނީގެ ކުރިން ދެ މީހުން ކުޅެފައިވާ “އެޖެންޓް ވިނޯދް” މާޗް 23 ގައި ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.