DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި "ރާޒް 3" ގެ ޝޫޓިން ފަށައިފި

"ރާޒް 3" ގެ ޝޫޓިން ފަށައިފި

ބަޓް ކޭމްޕްގެ ކާމިޔާބް ފިލްމް ފްރެންޗައިޒް “ރާޒް 3 ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން އެ ފިލްމުގެ އެއް ބަތަލާ ބިޕާޝާ ބާސޫ އާއި ޕްރޮޑިއުސަރު މަހޭޝް ބަޓް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ދެ މީހުންގެ ޓްވިޓާގައި ބުނެފައި ވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ކަމަށާއި އެކަމާ ވަރަށް އުފަލުން ތިބި ކަމަށެވެ. ބިޕާޝާ ބުނީ “ރާޒް 3 ގައި އޭނާ ކުޅެނީ ވަރަށް ތަފާތު ރޯލެއް ކަމަށާއި މީގެ ކުރިން އޭނާ ނުފެންނަ ފަދަ ކެރެކްޓާއަކުން ފެނިގެން ދާނެ ކަމަށެވެ.


 

ބިޕާޝާ އާއި ޑީނޯ މޯރިއާ ހިމަނަގައިގެން ވިކްރަމް ބަޓް 2003 ވަނަ އަހަރު ޑައިރެކްޓް ކުރި “ރާޒް” އަކީ ބޮޑު ކާމިޔާބީއެއް ހޯދި ބިރުވެރި ފިލްމެކެވެ. އަދި އެ ފިލްމުގެ ލަވަތައް ވެސް ފިލްމް ރިލީޒް ކުރި ދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވެ އެވެ.

ރާޒް” އަށް ލިބުނު ކާމިޔާބީ އަށް ފަހު 2009 ވަނަ އަހަރު އެ ފިލްމުގެ ސީކްއެލްއެއް “ރާޒް؛ ދި މިސްޓްރީ ކޮންޓިނިއުސް” ގެ ނަމުގައި އިމްރާން ހާޝިމީ އާއި ކަންގަނާ ރަނާވަތު އަދި އަދިޔަމަން ސުމަން ހިމަނައިގެން މޯހިތު ސޫރީ ބެލުންތެރިންނަށް ގެނެސް ދިނެވެ.

އެހެން ނަމަވެސް ފުރަތަމަ ފިލްމަށް ލިބުނު ވަރުގެ ކާމިޔާބީއެއް މޯހިތު ޑައިރެކްޓް ކުރި ރާޒަށް ލިބޭ ގޮތެއް ނުވި އެވެ. އޭގެ ތިން ވަނަ ފިލްމް ޑައިރެކްޓް ކުރަނީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ވިކްރަމް ބަޓް އެވެ. އަދި މި ފަހަރު ފިލްމް ގެނެސް ދޭނީ ވެސް 3ޑީ ކޮށެވެ.

ރާޒް 3 ގައި ބިޕާޝާ އެކު އިމްރާން ހާޝިމީ އާއި މޮޑެލް އީޝާ ގްޕުތާ މުހިއްމު ރޯލްތަކެއް އަދާ ކުރާނެ އެވެ. ކުރިން އީޝާގެ ރޯލަށް ހަމަޖައްސާފައި ވަނީ ބަޓް ކޭމްޕްގެ “މާޑާ 2 ގައި މުހިއްމު ރޯލެއް އަދާ ކުރި ޖެކޮލިން ފެނާންޑޭޒް އެވެ.

އެހެން ނަމަވެސް ފިލްމުގެ ކޮސްޓިއުމާއި ނިވާކަން ކުޑަ މަންޒަރުތަކާ ދޭތެރޭ ޖެކޮލިން ޝަކުވާ ކުރަން ފެށުމުން އޭނާގެ ބަދަލުގައި އީޝާ މިހާރު ވަނީ އެ ރޯލަށް ހަމަޖައްސައިފަ އެވެ.