DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި ޕްރަތީކްގެ އަގު އުފުލެނީ!

ޕްރަތީކްގެ އަގު އުފުލެނީ!

މަރުހޫމް ސުމީތާ ޕަޓިލްގެ ހަގު ފިރިހެން ދަރިފުޅު ޕްރަތީކް ބައްބަރު ބޮލީވުޑަށް ތައާރަފްވީ އާމިރް ހާން ޕްރޮޑިއުސްކޮށް އިމްރާން ހާން ވެސް ފިލްމީ ދުނިޔެ އަށް ތައާރަފްވި “ޖާނޭ ތޫ ޔާ ޖާނޭ ނާ” އިންނެވެ. އެ ފިލްމުގައި ޕްރަތީކް އަދާކޮށްފައި ވަނީ ސަޕޯޓިން ރޯލެކެވެ.

އޭގެ ފަހުން އޭނާ ވަނީ ރޯހަން ސިއްޕީގެ “ދަމް މަރޮ ދަމް” އާއި ޕްރަކާޝް ޖާގެ “އާރަކްޝަން” އަދި ސަންޖޭ ލީލާ ބަންސާލީ އުފެއްދި “މައި ފްރެންޑް ޕިންޓޯ” އަދި އާމިރް ހާން ޕްރޮޑިއުސް ކުރި “ދޯބީ ގާތު” ފަދަ ފިމްލުތަކުގައި ހަރަކާތްތެރިވެފަ އެވެ. އެ ފިލްމްތަކަކީ ޕްރަތީކްގެ އިތުރުން މަޝްހޫރު ބޮޑެތި ތަރިން ވެސް ހަރަކާތްތެރިވެފައިވާ ފިލްމްތަކެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމުތަކެއް ނޫނެވެ.


 

އޭނާ ސޯލޯ ހީރޯ ފިލްމެއްގެ ގޮތުގައި ނިކުންނަ ފުރަތަމަ ފިލްމަކީ އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ “އޭކް ދީވާނާ ތާ” އެވެ.

ޕްރަތީކަކީ ކުރިއަރަމުން އަންނަ ޒުވާން އެކްޓަރަކަށްވި ނަމަވެސް، އޭނާ އަށް މިހާރު ވަނީ އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހިފަ އެވެ. އެކަމަށް އޭނާ އަށް ސަމާލުކަން ނުދެވިއްޖެ ނަމަ، ކެރިއާ އަރި އަޅާލުމުގެ ފުރުސަތު ވެސް ބޮޑެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕްރަތީކް މިހާރު ފިލްމެއް ކުޅެދޭން ކިޔާ އަގަކީ1.5 ކްރޯޑް ރުޕީސް އެވެ.

އެކަމަކު ފަހުން ރިލީޒްވި އޭނާގެ އެއްވެސް ފިލްމަކަށް މާ ބޮޑު ކާމިޔާބީއެއް ލިބޭ ގޮތް ނުވުމުން، އެވަރުގެ އަގެއް ދީފައި އޭނާ ފިލްމްތަކަށް ގެންނާކަށް ޕްރޮޑިއުސަރުންގެ ޝައުގުވެރިކަމެއް ވެސް ނެތެވެ.

އެ ސަބަބާ ހެދި ދާދި ފަހުން އޭނާގެ އަތުން ދެ ޕްރޮޖެކްޓެއް ވަނީ ގެއްލިގެން ވެސް ގޮސްފަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ “ސާހިބް ބީވީ އޯރް ގޭންގްސްޓާ” ގެ ޑައިރެކްޓަރު ޓިގްމާންޝޫ ދޫލިއާގެ “މިލާން ޓޯލްކީޒް” އާއި ޝޫޖިތު ސިރްކާސްގެ “ސެކަންޑް ޓައިމް ލަކީ” އެވެ.

އަގުގެ މައްސަލާގައި އެ ދެ ފިލްމު ޕްރަތީކް އަތުން ބީވެގެން ގޮސްފައިވާ އިރު، ރިޕޯޓްތައް ބުނާގޮތުގައި އޭނާ ކުޅޭ ފިލްމްތަކަށް އަގު ކިޔުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަނީ ޕްރަތީކުގެ މެނޭޖަރު އެވެ. އަދި ފައިސާގެ އެއްވެސް ކަމަކާ ޕްރަތީކް ނުބެހޭ ކަމަށްވެ އެވެ.

އެހެން ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބި، ހުސް އަތާ ހުންނަން ވެއްޖެ ނަމަ، ގިނަބަޔަކު ގަބޫލް ކުރާ ގޮތުގައި ހުނަރުވެރި އެކްޓަރު ޕްރަތީކްގެ މާ ބޮޑު ބޭނުމެއް ނެތެވެ. ހުނަރުތައް ދައްކާލެވޭނީ ވެސް ކުޑަމިނުން ކުޅޭނެ ފިލްމެއް ވެސް ލިބިގެންނެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރަތީކް މަންމަ ސްމީތާ އަށް ލިބުނު ފަދަ މަޝްހޫރުކަމާއި ކާމިޔާބީ އެ އާއިލާގެ އިތުރު އެއްވެސް މެމްބަރަކަށް ބޮލީވުޑްގައި ލިބިފައި ނެތް ކަމެވެ.

އޭގެ ތެރޭގައި ޕްރަތީކްގެ ބޭބެ އަރިއަން ބައްބަރު އާއި ދައްތަ ޖޫހީ ބައްބަރު ހިމެނެ އެވެ. އަދި އެ މީހުންގެ ބައްޕަ ރާޖް ބައްބަރުއަކީ ވެސް ބޮލީވުޑްގައި އެހާ ނުފޫޒް ގަދަ އެކްޓަރެއް ނޫނެވެ.