Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން އެޑިޓަރުގެ ބަސް އެޑިޓަރުގެ ބަސް
އެޑިޓަރުގެ ބަސް


ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ނޫސްވެރިންނެއް މިހާރަކު ނެތް....


ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ނޫސްވެރިން ނުވަތަ އެފަދަ ރޫހެއްގައި، އަޒުމެއްގައި ނުކުމެ މަސައްކަތް ކުރާ ނޫސްވެރިން ރާއްޖޭގައި އަދިވެސް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާކަން ފާހަގަ ކުރެވޭތީ، ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ނޫސްވެރިއެއްގެ ހައިސިއްޔަތުން މިތާނގައި ދެތިން އެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ. އަޅުގަނޑު ކުރިން މިދެންނެވި ފަދަ ނޫސްވެރިންގެ ބަޔަކު 2008ގެ ރިޔާސީ އިންތިޚާބާ ޖެހެންދެން އުޅުނުކަން ނުވަތަ ހަރަކާތްތެރި ވަމުން ދިޔަކަން އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. އަދި އެކަމަށް ހެކިދޭ ބައެއް ކަހަލަ މަންޒަރުތައް ސިފަވާފަދަ ވާހަކަތަކެއް މިތާނގައި ތިބޭފުޅުންގެ އިޒުނައާއެކު ލިޔެލާނަމެވެ.

އެންމެ ފަހުން ބަދަލުކުރީ 21:27 އަންގާރަ, 06 އެޕްރީލް 2010 އިތުރަށް ވިދާޅުވުމަށް...
 

ވެރިކަން ކުރާ ޕާޓީގައި ނަގާކިޔަން ކުފޫހަމަނުވާ ބަޔަކު ތިބިކަމީ ހިތާމަކުރަން ޖެހޭވަރުގެ ކަމެއް...


އެމްޑީޕީން ވެރިކަން ކުރަން އައީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ދައްކާނެ ކަމަށް ރައްޔިތުންނަށް ވަޢުދުވެގެންނެވެ. ހުރިހާ އެއްވުންތަކާއި ހުރިހާ ޖަލްސާތަކެއްގައިވެސް ރައީސް ނަޝީދާއި ޕާޓީގެ އެންމެ އިސް މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެބޭފުޅުންނަކީ ޑިމޮކްރެސީ ދެނެވަޑައިގަންނަވާ ޑިމޮކްރެސީއާ އެއްގޮތަށް ކަންކަން ކުރަން އެނގޭ ލާމަސީލު މިސާލެއް ނެތް ފަދަ ބައެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ބަސް ހަޖަމު ކުރަން ދަންނަ، ނޫސްވެރިކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި ދީގެން އެހެން މީހުންގެ ޚިޔާލާއި މަޝްވްރާއަށް ޖާގަ ދީގެން ވެރިކަން ހިންގާނެ ބައެއް ކަމަށެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން ފެންނަމުންދަނީ އޭރު އެބޭފުޅުން ވިދާޅުވަމުން ގެންދެވި އެ ބަސްފުޅާ ދިމާ އިދިކޮޅު އަޑުތަކާއި މަންޒަރު ތަކެކެވެ. ފެންނަމުން ދަނީ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް ހަޖަމު ނުކުރެވޭ ތަނެވެ. ޚިޔާލު ފާޅު ކުރުމަކަށް ޖާގަ ދޭކަށް

އެންމެ ފަހުން ބަދަލުކުރީ 15:03 އަންގާރަ, 30 މާރޗް 2010 އިތުރަށް ވިދާޅުވުމަށް...
 

އަދިވެސް ކުރީގެ ތަޖުރިބާ އަދިވެސް އަދިވެސް...


ރައީސް މަުއުމޫންގެ ތިރީސް އަހަރުވީ ދިގު އާއިލީ ވެރިކަމަށް ނިމުމެއް ގެނައުމަށް ގަލޮޅު ކެނެރީގޭ މުހަންމަދު ނަޝީދާ އޭނާގެ ބައިވެރިން ކުރަމުން ގެންދިޔަ މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މަލްޓިޕާޓީ އިލެކްޝަނުންނެވެ. ދިވެހީން ނަޝީދުގެ އިދިކޮޅު މޫވްމަންޓަށް ކިތަންމެ ތާއީދު ކުރާ ކަމަށް އޭނާ ގަބޫލު ކުރެއްވި ނަމަވެސް އަދި މި މޫވްމަންޓުގެ ފަހަތުގައި ބައިނަލްއަޤްވާމީ ކިތަންމެ ބަޔަކު މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އިންތިޚާބުގެ ނުވަތަ އެންމެ ފުރަތަމަ އިމްތިހާނުގެ ނަތީޖާއިން ނަޝީދުގެ މޫވްމަންޓަށް ލިބުނީ ފާސްނުވާ ވަރުގެ ނަތީޖާއެކެވެ.

އެންމެ ފަހުން ބަދަލުކުރީ 08:36 ހޮނިހިރު, 27 މާރޗް 2010 އިތުރަށް ވިދާޅުވުމަށް...
 

އިދިކޮޅު ހަރުދަނާ ސިޔާސީ ޕާޓީއެއް މިހާރަކު ނެތް!!


އިތުރަށް ވިދާޅުވުމަށް...އިދިކޮޅު ހަރުދަނާ ސިޠާސީ ޕާޓީއެއް މިހާރަކު މިގައުމަކު ނެތޭ ބުނުމުން ބައެއް ފަރާތްތަކުން ވިދާޅުވާނީ އަޅުގަނޑަކީ މޮޔައެއް ކަމަށެވެ. އެބުނަނީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމަށެވެ. އެހެން އެބުނަނީ ރަނގަޅަށް އެކޮޅު މިކޮޅު ނުބަލާ ކަމަށެވެ. އެކަމަކު އަޅުގަނޑު މި ދަންނަވާ ދެތިން ބަހެއް ރަނގަޅަށް ކަނުލައި އައްސަވައިފި ނަމަ އަޅުގަނޑު މިދަންނަވާ އެއްޗެއް ގިނަ މީހުން ގަބޫލު ކުރައްވާނެކަން ކަށަވަރެވެ.

ކުރިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަށް ވެރިކަން ލިބުމުން އޮޓަމެޓިކުން އިދިކޮޅު ޕާޓީގެ ލަގަބު ލިބިގެން ދިޔައީ ކުރިން ވެރިކަމުގައި އޮތް ޑީއާރްޕީއަށެވެ.

އެންމެ ފަހުން ބަދަލުކުރީ 06:44 އަންގާރަ, 24 ނޮވެމްބަރ 2009 އިތުރަށް ވިދާޅުވުމަށް...
 

މިވަގުތު ބޭނުންވަނީ ހަރުދަނާ ވިސްނުންތެރި މާލީ ތަޖުރިބާކާރެއް


މުޅި ރާއްޖޭގެ ހަތަރު ބިތުން މިހާރު އެންމެ ބާރަށް އިވެމުންދާ އަޑަކީ އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެ ފުން ވްޅުގަނޑަކަށް ވެއްޓި ދަރަނިވެރިވަމުންދާ ވާހަކައެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ މުދަލާ ޚިދުމަތުގެ އަގު އަތްނުފޯރާ ފަށަށް އަރަމުން ދާވާހަކައެވެ. މިއީ ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖެ ވެއްޓެންވީ ހިސާބުބާއޭ ބުނެ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާއިރު އަނެއް ބަޔަކު ތިބީ އަދިވެސް އާ ސަރުކާރުން ދަތުރުކުރަން ބޭނުންވާ މިސްރާބާމެދު އޮޅުން ބޮޅުންވެފައެވެ.

އެންމެ ފަހުން ބަދަލުކުރީ 06:27 ހުކުރު, 23 އޮކްޓޯބަރ 2009 އިތުރަށް ވިދާޅުވުމަށް...